ENGLISH

18 ޑިސެމްބަރު 2025

Advertisement

ސުތުރާގެ ގޮތުގައި ވަކި ޚާއްސަ އެއްޗެއް ހެދުން ރަނގަޅެއް ނޫން: ފަތުވާ

18 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ސުތުރާގެ ގޮތުގައި ބޭނުންކުރުމަށް މިސްކިތުގައި ބަހައްޓާފައިވާ ފިލާގަނޑުތަކެއް --

މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުން ރަނގަޅެއް ނޫން ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ނެރެފި އެވެ.

ސުތުރާ ބަހައްޓާ މައްސަލާގައި ނެރުނު ފަތުވާގައި ބުނެފައި ވަނީ ސުތުރާ ބޭނުންކުރުމުގެ މައްސަލާގައި ފިގުހުގެ ގިނަ އިލްމުވެރީންގެ ނަޒަރިއްޔާއަކީ ސުތުރާ ބެހެއްޓުމަކީ ސުންނަތެއް ކަމަށެވެ. ނަމަވެސް ފަހުގެ ބައެއް އިލްމުވެރީން ސުތުރާ ވާޖިބު ކަމަށްވެސް ވިދާޅުވާ ކަމަށެވެ. މި ގޮތަށް ވިދާޅުވާ އިލްމުވެރީންގެ ތެރޭގައި އައްޝައިހް މުހައްމަދު ނާސިރުއްދީން އަލްބާނީ އާއި އައްޝައިހް މުޤުބިލް ބުނު ހާދީ އަލްވާދިޢީ އަދި އަައްޝައިހް އަބްދުއްރައްޒާޤް އަފީފީ ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގިނަ އިލްމުވެރީން ވިދާޅުވަނީ އެއީ ސުންނަތެއް ކަމުގައި ފަތުވާ މަޖިލީހުން ބުނެފައިވެ އެވެ.

ސަލާމާއި ސަލަވާތް ލެއްވި އިތުރު މާތް ނަބިއްޔާގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައިވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައިނުވާ ކަމަށް ބަޔާންކޮށް އެކަމުގެ ދަލީލު ގެނެސްފައިވެ އެވެ.

ނަމަވެސް މިސްކިތުން ބޭރުގައި ނަމާދުކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށާ ސުތުރާގެ ގޮތުގައި ބަހައްޓަވާފައިވަނީ އެހެން ކަންކަމަށް ބޭނުންކުރައްވާ ތަކެތި ކަމަށާ ވަކި އެއްޗެއް ހައްދަވައިގެން ބޭނުމެއް ނުކުރައްވާ ކަމަށެވެ. އެގޮތުން ބޭނުން ކުރައްވާފައި ވަނީ ފާރު, އަސާ, މީހުން, ތަންމަތި, އެނދު, ދުނި ނުވަތަ ތީރު, ސަވާރީ, އަސްދާނުގޮނޑި އަދި ގަސްފަދަ ތަކެތި ކަމަށް ފާހަަގަކޮށްފައިވެ އެވެ.

މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައެއް ކަމުން މި މައްސަލަ އަކީވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ.

އިލްމުވެރީންގެ ތެރެއިން އެއް ބަޔަކު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާ ނަމަވެސް އިލްމުވެރީންގެ ތެރެއިން އަނެއް ބަޔަކު އެކަން މަނާކުރާ ކަމަށެވެ.

ރަސޫލާގެ ޒަމާނުގައި ސުތުރާއަށް ބޭނުން ޖެހިފައިވާ ހާލުގައިވެސް އަދި މިސްކިތުތެރެއަށް އެފަދަ ތަކެތި ވެއްދުމުގެ އޮތްއިރުވެސް މިސްކިތުގެ ތެރެއަށް ސުތުރާގެ ގޮތުގައި ވަކި ހާއްސަ އެއްޗެހިތަކެއް ހަދައިގެން ވައްދާފައިނުވާކަން އެނގޭ ކަމަށް ފަތުވާގައިވެ އެވެ. އަދި އެ ޒަމާނުގައި ސުތުރާގެ ގޮތުގައި ހާއްސަ އެއްޗެއް ބޭނުންކުރައްވާގައިނުވާ ކަން ވެސް ދޭހަވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާ ގޮތުގެ ބޭނުންކޮށްފައި ވަނީ އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމުން ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިހުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މި ދުވަސްވަރު ވެސް އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު