ENGLISH
18 ޑިސެމްބަރު 2025
ބީއެމްއެލް އިން ފޭސް ދޭއްގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި
18 ޑިސެމްބަރު 2025
|
ބީއެމްއެލް އިން ފޭސް ދޭއްގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވުން --
ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލެ ފޭސް 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރ ގާއިމުކޮށް، ބޭންކުގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ. މިއާއެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ދިވެހި ރުފިޔާއާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ލުއިފަސޭހަކަން ލިބޭނެއެވެ. ބޭންކިންގ ޚިދުމަތްތަކަށް ވާސިލުވެވޭނެއެވެ.
ފޭސް 2 ގައި ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގައި ރުފިޔާ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް އެކު ހިޔާ ގައި (ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި) ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ވަނީގާއިމުކޮށްފައެވެ.
މި ޚިދުމަތްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު އާއިބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދިމެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދުޝަރީފް ވިދާޅުވީ، "އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް. ހުޅުމާލެ ފޭސް 2 އަކީ ކުރިއަރަމުން އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރުހިފޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން."
ފޭސް 2 ގައި ގާއިމުކުރެވުނު އާ އޭޓީއެމް ސެންޓަރުތަކުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ފޭސް 1 ގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި 4 ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރުތަކުންނާއި ފޭސް 2 ގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް މިހާރުވެސް ހުޅުމާލޭގައި ފުރިހަމަ ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދެމުންނެވެ. އަދި މީގެ އިތުރުން ބޭންކުން އަންނަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ރެނާޓަސް އިތާ މުއި އިމާރާތުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި އެންމެ ޒަމާނީއޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމުފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށްއެހީތެރިކަން ފޯރުކޮށްދިނުމެވެ.