ENGLISH

18 ޑިސެމްބަރު 2025

Advertisement

ގައްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަނަށް ބިން ކޮންނަނީ

18 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

ގދ. ގައްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފުޓިންގ އަދި ފައުންޑޭޝަން އެޅުމަށް ބިން ކޮންނަނީ. -- ފޮޓޯ: އާރްޑީސީ

ގދ. ގައްދޫގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން ވަނީ ގައްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތުގެ އަދާހަމަ އެކްސްގައި ހިއްސާކޮށްފައެވެ. އެގޮތުން ފުޓިންގ އަދި ފައުންޑޭޝަންގެ މަސައްކަތް ކުރުމަށް ބިން ކޮނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އާރުޑީސީން ބުނެފައިވެއެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ގައްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ މާރިޗު މަހު އެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. 

މިއީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު