ENGLISH

18 ޑިސެމްބަރު 2025

Advertisement

މި އަހަރުގެ އިރުވައި މޫސުން އިއްޔެ ފެށިއްޖެ: މެޓް އޮފީސް

18 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މޫސުން ރީތި ދުވަހެއް --

މި އަހަރުގެ އިރުވައި މޫސުން އިއްޔެ ރާއްޖެއަށް ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނެފި އެެވެ.

ރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށެވެ.

އިރުވައި މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގެ ތެރޭގައި މެދު އަތޮޅުތަކަށް ފަށާނެ އެވެ. އަދި ޖަނަވަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށެ އެވެ.

މެޓުން ބުނި ގޮތުގައި މި އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައި ވަނީ އިއްޔެ އެވެ.

އިރުވައި މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތީން ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހި މި ހާލަތު ވިދިވިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު