ENGLISH
19 ޑިސެމްބަރު 2025
އއ. މާޅޮހުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތުގެ އަދާހަމަ އާރްޑީސީން ހިއްސާކޮށްފި
18 ޑިސެމްބަރު 2025
|
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، އއ. މާޅޮހުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތްތަކުގެ އަދާހަމަ އެ މަސައްކަތްކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނީ، އއ. މާޅޮހުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ކޮންކްރީޓް ކީވޯލްގެ މަސައްކަތް ކަމަށެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ މާރިޗް މަހު އެވެ.
އާރުޑީސީން އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމާއި، ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތަކުގެ އިތުރުން ސްކޫލް އިމާރާތްކުރުމާއި، ބަނދަރު ހެދުމާއި، ކުޅިވަރާއި ހަށިހެޔޮކަމުގެ މަޝްރޫޢުތައް ހިމެނެއެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ، ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ މަޝްރޫޢުތައް ހިންގަމުންނެވެ.
މުޅި ރާއްޖޭގައި އައުޓްޑޯ ޖިމްތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.