ENGLISH

10 ޑިސެމްބަރު 2025

Advertisement

މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސްގެ އަނބިކަނބަލުން ފޮނުއްވައިފި

10 ޑިސެމްބަރު 2025

|

ހަސަން އާމިރު

މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްފައިވިއެވެ.

މީސްމީޑިއާގައި އެކަމަނާ ހިއްސާކުރެއްވި ޕޯސްޓްގައި ދިވެހި މަސްވެރިންގެ ހީވާގިކަމާއި، ކެރުމާއި، ހިތްވަރަށް ސާބަސް ދެއްވައި، މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. 

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު