ENGLISH
10 ޑިސެމްބަރު 2025
މާއުނގޫދޫ ބަނދަރުގެ 76 އިންސައްތަ މަސައްކަތް ނިމިއްޖެ
10 ޑިސެމްބަރު 2025
|
މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
ށ. މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 76 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ޕްރޮފައިލިންގެ މަސައްކަތްކަމަށާއި އެ މަސައްކަތުގެ 68 އިންސައްތަ ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރު ވަނަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 56.79 މިލިއަން ރުފިޔާއަށެވެ.
މާއުނގޫދޫ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު، އެރަށުގެ މަސްވެރިންނަށާއި، އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އަދި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެ އެވެ.