ENGLISH

27 ނޮވެމްބަރު 2025

Advertisement

އަރަބިއްޔާ ކުރިން ހިންގި އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިިފި

27 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް--ފޮޓޯ:ޕީއެސްއެމް

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި އިމާރާތް ތަޅައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން މިއަދު ފަށައިފިއެވެ.

މި އިމާރާތް ތަޅައިލައި އެ ތަނުގައި ޕާކިން ޒޯނަކާއި، ކޮމިއުނިޓީ ޕާކެއް ތަރައްޤީކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ ނޮވެމްބަރު 25 ވަނަ ދުވަހު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅައިލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހާއްސަ އިރުޝާދުގެ ދަށުން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާ ހަވާލުކުރެވިގެންނެވެ. މި މަސައްކަތުގެ ހުރިހާކަމެއް ކުރިއަށް ގެންދާނީ އެ ވުޒާރާގެ ޕަބްލިކް ވަރކްސްގެ ބެލުމުގެ ދަށުންނެވެ.

މި މަސައްކަތް މިއަދު ހެނދުނު ފަށާފައިވާއިރު، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވަނީ ޒިޔާތަރްކުރައްވާފަ އެވެ.

އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅައިލުމަށް ނިންމި މައިގަނޑު ސަބަބަކީ އެ އިމާރާތުގެ ސްޓްރަކްޗަރަލް ހާލަތު ވަރަށް ބޮޑަށް ދަށްވެ، އެ އިމާރާތަކީ ބޭނުންކުރުމަށް ނުރައްކާތެރި ތަނެއްކަން ކަނޑައަޅާފައިވާތީއެވެ.

މިފަދަ ބާވެފައިވާ އިމާރާތްތަކުގެ ސަބަބުން މާލެ ސަރަޙައްދުގައި ނުރައްކާތެރި ހާދިސާތައް މަދުން ނަމަވެސް ވަނީ ހިނގާފައެެވެ. އެހެންކަމުން އެފަދަ ނުރައްކާތެރި ހާދިސާތައް ހިނގައި، ރައްޔިތުންނަށް ލިބިިދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް ސަރުކާރުން ނިންމެވީ އެ އިމާރާތް ތަޅައިލުމަށެވެ. 

މިކަމުގެ ސަބަބުން ނުރައްކާތެރި ހާލަތުގައި ހުރި އިމާރާތް ނައްތާލެވި، އެބިމުގެ ބޭނުން ރައްޔަތިތުންނަށް އެންމެ ބޭނުންތެރި ގޮތުގައި ހިފިގެންދާނެ އެވެ. އަދި ހަމަ މިއާއެކު މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ލުޔެއްލިބި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގު ފަހިވެގެންދާނެ އެވެ.

މަންޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޝްވަރާއާއެކު އެތަނުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު