ENGLISH
23 ނޮވެމްބަރު 2025
އަމީނިއްޔާ ސްކޫލްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަނީ
23 ނޮވެމްބަރު 2025
|
އަމީނިއްޔާ ސްކޫލް--ފޮޓޯ:މިހާރު
އަމީނިއްޔާ ސްކޫލްގެ ނަމުގައި އޮޅުވާލައިގެން ސްކޭމް މެސެޖުތަކެއް ފޮނުވާތީ، އެކަމަށް ސަމާލުވުމަށް އެ ސްކޫލްގެ ބެލެނިވެރިންނަށް އިލްތިމާސް ކޮށްފި އެވެ.
އަމީނިއްޔާ ސްކޫލުން ބުނީ އެ ސްކޫލުގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި "މޯލްޑިވްސް ޕޯސްޓަށް ފައިސާ ދެއްކުމަށް ލިންކެއް" އެކުލެވިގެންވާ މެސެޖެއް ބެލެނިވެރިންނަށް ލިބެމުންދާ ކަމަށެވެ. އެފަދަ ކަމަކަށް ސްކޫލްއިން ލިންކް ނުފޮނުވާނެ ކަަމަށް ވެސް ބުނެޏެވެ.
އެކި ކުންފުނިތަކާއި މުއައްސަސާތަކާ އަދި އަމިއްލަ މީހުންގެ ނަމުގައި ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތައް އަންނަނީ އިތުރުވަމުންނެވެ. އެފަދަ އޮޅުވާލުންތަކުގައި ޖެހި މީހުންނަށް ވަރަށް ބޮޑެތި ގެއްލުންވެފައިވެ އެވެ.
އެހެންކަމުން އެފަދަ މެސެޖުތަކުގައިވާ ލިންކަށް ފިތާނުލުމަށާއި، މެސެޖު ލިބުމާއެކު ވަގުތުން ސްކޭމްގޮތުގައި އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް ފުލުހުންގެ އިދާރާއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ސްކޭމުތަކުން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތަކާ ގުޅިގެން ހޭލުންތެރިކަން އުފެއްދުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްކޭމްގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ ރިޕޯޓްކުރާނީ 911 އަށެވެ.