ENGLISH

19 ނޮވެމްބަރު 2025

Advertisement

އަންހެނަކު ގަދަކަމުން ހިފަހައްޓާ އަނިޔާކުރި މައްސަލައެއް ބަލަނީ

19 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ --

އަންހެނަކު ގަދަކަމުން ހިފަހައްޓާ އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ޔަޤީންކޮށްދީފަ އެވެ. ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓާ ޖިސްމާނީ ގޮތުން އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ރިޕޯޓްކުރީ މިރޭ އިރޮއޮއްސި 6:11 ހާއިރު ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާ ކަމަށް ބުނި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު