ENGLISH
19 ނޮވެމްބަރު 2025
އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދަޢުވާ ނުކުރަން ނިންމައިފި
18 ނޮވެމްބަރު 2025
|
މުޒާހަރާގައި އެމްޑީޕީގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަނީ --
މިދިޔަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ނުކުރަން ނިންމައިފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކުރި އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި މައްސަލާގައި ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ އަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީ އާއި، މި މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، މި މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ޕީޖީ އޮފީހަށް ނުފެންނާތީ، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި މުޒާހަރާއާ ގުޅިގެން މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާ އެ ބައިގެ ތަހުގީގު ނިމުމުން ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.