ENGLISH

13 ނޮވެމްބަރު 2025

Advertisement

ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

13 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ކާރުގައި އަލިފާން ރޯވެފައި --

އައްޑޫ ސިޓީ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް މިރޭ 22:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 23:11 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށް ވެސް ބުންޏެވެ.

ކާރުގައި ވަރަށް ބޮޑަށް ރޯވި އެވެ. ކާރުގެ ބޮޑު ބައެެއްގައި ހުޅު ހިފާފައި ވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު