ENGLISH
13 ނޮވެމްބަރު 2025
ނ. އަތޮޅުގެ ޗެމްޕިއަންކަން މަނަދޫ އަށް
12 ނޮވެމްބަރު 2025
|
ނ. އަތޮޅުގެ ޗެމްޕިއަން ޓީމު މަނަދޫން ޓްރޮފީއާއެކު. --ފޮޓޯ: އެފްއޭއެމް
ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ އުތުރު ރީޖަންގެ ނ. އަތޮޅުގެ ޗެމްޕިއަންކަން މަނަދޫ ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، މަނަދޫން ކުރިހޯދީ 5-3 ގެ އެގްރިގޭޓުންނެވެ.
ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ފެށިގެން 15 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަފްރާހް މުޙައްމަދު އެވެ. މި ގޯލާއެކު ކެނދިކުޅުދޫ 1-0 އިން ކުރީގަ އޮވެގެން ފުރަތަމަ ހާފު ނިމެންދަނިކޮށް، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި މަނަދޫ އަށް އެއްވަރުކޮށްދިނީ ޒަލީޝާން ހަސަން އެވެ.
މެޗުގައި މަނަދޫން ޖެހި ދެވަނަ ލަނޑު، 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޒަލީޝާން އެވެ.
މިއަދުގެ މެޗުން ހޯދީ މޮޅާއެކު ނޯތު ރީޖަންގެ ޒޯން ދޭއްގެ ކޮލިފައިންގ ބުރަށް ނ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައި މަނަދޫ ޖާގަ ހޯދިއިރު، މި މެޗުން ބަލިވި ކެނދިކުޅުދޫ ވަނީ އެ އަތޮޅުގެ ރަނަރަޕް ޓީމުގެ ގޮތުގައި މި ބުރުން ޖާގަ ހޯދަފައެވެ.
އެފްއޭއެމުން އެކުލަވާލި އާ ފޯމެޓާއެކު ފެށި މި ފަހަރުގެ އަތޮޅު މުބާރާތުގައި 49 ޓީމަކުން ވަނީ ބައިވެރިވެފައެވެ.