ENGLISH

08 ނޮވެމްބަރު 2025

Advertisement

ކައުންސިލް އިދާރާތަކުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް: ވަޒީރު

08 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ގިނަ ރަށްރަށުގައި ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، ކައުންސިލްތަކުގެ އާ އިމާރާތްތަކުގެ އަމަލީ މަސައްކަތާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ކައުންސިލް އިމާރާތްތައް އެޅުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު، އެ ވުޒާރާއިން ވަނީ މަސައްކަތް ގާތުން މޮނިޓަރ ކުރުމަށްޓަކައި، ރަށު ކޮމިޓީތަކެއް ވެސް އެކުލަވާލާފައެވެ. 

"ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ގިނަ ރަށްރަށުގައި ބާރު ސްޕީޑްގައި ކުރިއަށް އެބަދޭ! މި މަސައްކަތް ގާތުން މޮނިޓަރ ކުރުމަށްޓަކައި ރަށުގެ އެކި ފަރާތްތައް ހިމެނޭގޮތުން އެކުލަވާލެވޭ ކޮމިޓީގެ ބޭނުންތެރިކަން ދަނީ ފެންނަމުން. ރަށު ކައުންސިލް މެދުވެރިކޮށް ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްއެބަގެންދަން" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ. 

ކައުންސިލް އިދާރާއެއްގެ ޢަމަލީ މަސައްކަތް ކުރިއަށްދަނީ

ވަޒީރު ވިދާޅުވީ ކައުންސިލް އިދާރާގެ އުމްރާނީ މަސައްކަތާބެހޭގޮތުން ބަލަންޖެހޭ ކަންކަމާއި ހައްލު ކުރަންޖެހޭ ކަންކަމާބެހޭގޮތުން 9108899 އަށް ގުޅުއްވުމުން ހައްލު ހޯދުމަށް އެހީތެރިވެދެވޭނެ ކަމަށެވެ. 

ސަރުކާރުން 55 ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، 50 ކައުންސިލް އިދާރާގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަންނަނީ ކުރަމުންނެވެ. 

ސަރުކާރުން އަޅާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެންނެވެ. އެ މަޝްރޫޢަށް 631 މިލިއަން ރުފިޔާ ޚަރަދުވެއެވެ. 

އާ އިމާރާތް ބޭނުންވާ ރަށްތައް ކަނޑައެޅީ ކައުންސިލްތަކުގެ ޙާލަތު ބެލުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކަށް ފަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު