ENGLISH
08 ނޮވެމްބަރު 2025
ކޭޖީއެމް؛ ހާމިދުގެ ކެރެކްޓާއިން އެކަނިވެސް ކޮސްކޮށްލާ ހެެއްވާލާނެ
08 ނޮވެމްބަރު 2025
|
ފިލްމުގައި ހާމިދު ފެންނަ ކެރެކްޓާ އަދި ރެޑްކާޕެޓްގައި ހާމިދު ހުރި ގޮތް --
ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ "ކޮސްގިނަ މިސްޓޭކް" އަކީ އެއްގޮތަކުން ވުރެ ގިނަ ގޮތްގޮތުން ތަފާތު ފިލްމެކެވެ. މިއީ ތަފާތު ކެރެކްޓާތައް ދައްކުވައިދޭ ހެއްވާ މަޖާ ފިލްމެކެވެ.
ހެއްވާ މަޖާ، އެހާމެ ރީތި ފިލްމުތައް ބެލުންތެރީންނާއި ހަމައަށް ގެނެސްދީފައިވާ ކާމިޔާބު ޕްރޮޑިއުސަރު އިސްމާއީލް ޝަފީޤުގެ އައު ފިލްމު "ކޮސްގިނަ މިސްޓޭކް" އަކީ މިހާތަނަށް އެންމެ ގިނަ ތަރީން ހިމަނައިގެން އުފައްދާފައިވާ އެއް ފިލްމެވެ. ފިލްމުގައި ހިމެނޭ ކޮންމެ ކެރެކްޓާއެއް ވެސް ވަރަށް ތަފާތެވެ.
އެގޮތުން އެއް ކެރެކްޓާއެއް ފާހަގަކުރާނަމަ އެއީ ކުޅަދާނަ އެކްޓަރު، ހާމިދު އަލީ އެވެ. ފިލްމީ ނަމުންނަމަ "އެއް ގާގަނޑުން ޖަހާ ދެ ދޫނި މަރާލާ ހާމިދު" އެވެ.
"ކޮސްގިނަ މިސްޓޭކް" ގައި ހާމިދުގެ ރޯލަކީ މުހިންމު ރޯލެކެވެ. އެއީ ވިޔަފާރިވެރި އެކެވެ. ބަސްނާހާ ދެ ކުދީންގެ ބައްޕަ އެކެވެ. މާވަހަރެއް ހޮވައިގެން ލިބޭ މުއްސަދިކަން ގެއްލިގެން ދަނީ "ވަގުންގެ ނެޓްވޯކެއް" ގެ ސަބަބުންނެވެ.
ފިލްމުގައި ހާމިދު ފެންނަ ގޮތް އެއީ ޝައުގުވެރި ގޮތެކެވެ. މީގެ ކުރީން އެހެން ފިލްމަކުން އޭނާ ނުފެންނަ ފަދަ ގޮތަކަށެވެ. މޫނު މަތީގައި ކަޅުކުލައިގެ ބޮޑު އުމެއް ވެ އެވެ.
ހާމިދުއަކީ ދެބައި އުމުރުގެ ހުސްސަށިބައި ފިރިހެނެކެވެ. ދެ ދަރީންގެ ކަންކަމުން ސަލާމަތް ނުވެ އެތައް ލަދެއްގައި ބެދެން ޖެހޭ ބަައްޕަ އެކެވެ. ނުބައި ރަހްމަތްތެރިއެއްގެ ސަބަބުން އޮޅުންބޮޅުން ބޮޑު ދުނިޔެއެއްްގައި އުޅެން ޖެހިފައިވާ މީހެކެވެ. ވާނުވާ ރޭކާލަނީ އެންމެ ފަހު ވަގުތު އެވެ.
މި ފިލްމުގައި ހާމިދުގެ ކެރެކްޓާ އެކަނިވެސް ކޮސްކޮށްލާހާ ޝައުގުވެރިވެރި އެވެެ. އެހާމެ މަޖަލެވެ. އެ ކެރެކްޓާ ހާމިދު ގެނެސްދީފައިވާ ގޮތް މޮޅުވެސް މޮޅެވެ.
އެއްގޮަތަށް ވުރެ ގިނަ ގޮތްގޮތުން މިއީ ބަލާލަން ރަނގަޅު ފިލްމެކެވެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ހިމެނޭތީއާ ޝައުގުވެރި ކަންތައްތަކެއް ދައްކައިދޭތީ އެވެ. އަދި މިއީ އާއިލާއާ އެކުވެރީންނާއެކު ގޮސް ބަލާލެވޭނެ ފިލްމަކަށް ވެސް ވާތީ އެވެ.
ފިލްމްގައި ބޭނުންކޮށްފައިވާ ޑައިލޮގްތަކާއި މުޅި ވާހަކަ ވެސް އާއިލާތަކާއެކު ތިބެ އަޑުއަހާލަން ރަނގަޅެވެ.
އެންމެން އެކުގައި ތިބެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތުތައް މަދުއިރު މިއީ އެކަމަށް އެންމެ ސަޅި ފުރުސަތެވެ. ޔަޤީނުން ވެސް ރިގްރެޓް ނުކުރާނެ އެވެ. ފިލްމު ބަލަމުން ގެންދާއިރު ހީލާނެ ކިތަންމެ ފުރުސަތެއް ލިބޭނެ އެވެ. ޖުމްލަކޮށް ބުނާނަމަ އުފާވެރި ވަގުތުކޮޅެއް ލިބޭނެ އެވެ.
އެހެންވީމަ މިއީ ހީލާ އުފާވެރި ވަގުތުކޮޅަކަށް ކޮންމެހެން ބަލާލަން ޖެހޭ ފިލްމެކެވެ. ޝޯތަކުގެ ޓިކެޓްތައް އޮލިމްޕަހުން ދަނީ ވިކެމުންނެވެ. އަވަހަށް ޓިކެޓެއްް ނަގާށެވެ.