ENGLISH
04 ނޮވެމްބަރު 2025
އިތުރު ތިން އެއާލައިނަކުން އާ ޓާމިނަލަށް ދަތުރުތައް ފަށައިފި
03 ނޮވެމްބަރު 2025
|
ޗައިނާގެ ސިޗުއާން އެއާލައިން އާ ޓާމިނަލަށް ދަތުރުތައް ފެށުން. ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ބައިނަލްއަގްވާމީ އިތުރު ތިން އެއާލައިނަކުން ދަތުރުތައް ފަށައިފިއެވެ.
އެންމެ ފަހުން ދަތުރުތައް ފެށީ ޗައިނާގެ ސިޗުއާން އެއާލައިން އާއި ބަންގްލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިންގެ އިތުރުން އުޒްބެކިސްތާން އެއާވޭސް އިންނެވެ.
އެ ތިން އެއާލައިނުން އާ ޓާމިނަލްގައި ޚިދުމަތް ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތުތައް ވަނީ ބާއްވާފައެވެ. އަދި، އެއާލައިންތަކުން ފުރި މީހުންނަށް ހާއްސަ ހަރަކާތްތައް ކުރިއަށް ގެންގޮސް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ޚާއްޞަ މަރުޙަބާ ވަނީ ކިޔައިފައެވެ.
ރަސްމިއްޔާތުތަކުގައި ވަނީ އެ އެއާލައިންތަކުގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައިފައެވެ.
އަލަށް ފެށި އެއާލައިންތަކާއެކު މިހާތަނަށް ޖުމްލަ 21 އެއާލައިނަކުން ވަނީ އާ ޓާމިނަލަށް ދަތުރުތައް ފަށައިފައެވެ.
އާ ޓާމިނަލްއާ އެކު ރާއްޖެ ޒިޔާރަތްކުރާ އެއާލައިންތަކުގެ އަދަދު އިތުރުވެ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މަތިވެފައެވެ.
އެމްއޭސީއެލްއިން އަންނަނީ އާ ޓާމިނަލުގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްއޭސީއެލުން ބުނީ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.