ENGLISH

26 އޮކްޓޯބަރު 2025

Advertisement

ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން --

ފާދިއްޕޮޅު ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިނިސްްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރިކްރިއޭޝަންގައި މިއަދު އޮތް ރަސްމިއްޔާތެެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސަޢުދީ އެވެ.

މި މަޝްރޫޢުގެ ދަށުން ސަބްބޭސް މަރާމާތުކުރުމާއި ޓާފް އެޅުމާއި ވަށާފާރު ރޭނުމާއި ފެންސް ރެނޮވޭޓް ކުރުމާއި އިތުރު ދެ ހޮޅިދަނޑި ހަރުކުރުމާއި މިހާރު ހުރި ރޮސްޓްރަމް ރޫޅާލުން ހިމެނެ އެވެ. އަދި 16,100 އަކަފޫޓްގެ ސަރަޙައްދެއްގައި ތިން ފަންގިފިލާއަށް އާ ރޮސްޓްރަމެއް ހެދުން ހިމެނެ އެވެ.

މި މަސައްކަތުގެ އަގަކީ 24.78 މިލިއަން ރުފިޔާ އެވެ. މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހަ ހާހެއްހާ މީހުންގެ އާބާދީއެއް އޮތް ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް ސްޕޯޓްސް ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު