ENGLISH
26 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ރިޒާ، އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި
26 އޮކްޓޯބަރު 2025
|
މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ
ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ, ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވަައިފި އެވެ.
ޖޭއެސްސީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި ރިޒާ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އިސްތިއުފާ ދެއްވާ އިސްތިއުފާގެ ސިޓީ މިހާރު ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
ރިޒާ ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގަ އެވެ. އޭނާ އެ މަޤާމަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
ސަރުކާރު ހިންގާ ކޮންގްެރެސް ޕާޓީއަށް ނިސްބަތްވާ ރިޒާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމާއި އެ ކޮމިޝަންގެ ރައީސްގެ މަޤާމު ހުސްވާނެ އެވެ.