ENGLISH

26 އޮކްޓޯބަރު 2025

Advertisement

ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިމޭޒު ނަގަން ފަށައިފި

25 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިމޭޒު ނަގަން ފެށުން --

ހިތްފަސޭހަ ހުޅުމާލެ ކެންޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު، އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފިއެވެ.

އެޗްޑީސީން ބުނީ މިއަދު ފެށުނު މި މަސައްކަތް ކުރިއަށް ގެންދާ މައިގަނޑު މަގްސަދަކީ، ހުޅުމާލޭގެ މަގުތަކުގެ ދުވާރުތަކުގައި ބަހައްޓާފައިހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވެފައިވާދަތިތަކަށް ހައްލެއް ހޯދުމެވެ. މީގެ އިތުރުން، ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ،މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް އެކަށީގެންވާ ހައްލެއް ގެނައުމެވެ. 

ބާރަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ދުވާރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ މި ކޯޕަރޭޝަން އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

އެޗްޑީސީން ކުރިއަށްގެންދާ "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން އިތުރު ގިނަ މަސައްކަތްތަކެއް މުސްތަގުބަލުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. ހުޅުމާލެ އަކީ ހިތްގައިމު އަދި ދިރިއުޅުމަށް ފަސޭހަތަނަކަށް ހެދުމުގެ ގޮތުން ގިނަ ގުނަމަސައްކަތްތަކެއް އެޗްޑީސީއިން ކުރަމުން ގެންދާނެ ކަމަށް ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު