ENGLISH

25 އޮކްޓޯބަރު 2025

Advertisement

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސްގައި ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތައް އިޢުލާންކޮށްފި

24 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އެމްއެސްއެމްއީ އެވޯޑްސް މިދިޔަ އަހަރު އިފްތިތާހުކުރި ހަފުލާގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025 ގައި ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތައް އިޢުލާން ކޮށްފިއެވެ.

ތަފާތު 11 ގިންތިއަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ މި ބައިގައި ހަތް ދާއިރާއަކުން ވާދަކުރާ ވިޔަފާރިތައް ވަނީ ކަނޑައަޅައިފައެވެ.

ތިރީގައި މިވަނީ ޢާންމުން އެސްއެމްއެސް މެދުވެރިކޮށް ވޯޓު ލުމަށް ހުޅުވާލާފައިވާ ދާއިރާތަކެވެ.

1.      ކާބޯތަކެތި އުފެއްދުމުގެ ދާއިރާ

ހ. މައި ކޭކްސް އެންޑް ސްވީޓްސް

ށ. ޕަލާޓޯ

ނ. ފުޑީސް

ރ. ބާބާ ކާޑިޔާ

ބ. މެރާކީ

2.      ލައިފް ސްޓައިލް ބްރޭންޑް

ހ. ޓްރޮޕިކަލް ޑިޒައިންސް

ށ. ޝޮޕް އެޓް މަރީ

ނ. އައިލެންޑް ޓަޗް މޯލްޑިވްސް

ރ. ޓޮޑީ

ބ. ބަސްކް

3.      އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާ

ހ. ފާތިމާ

ށ. ލައިބާ

ނ. ލިންކޯ

ރ. މުނިކާ

ބ. ފަލަކް

4.      މުނިފޫހިފިލުވުމުގެ ދާއިރާ

ހ. ޑިޓިއުން ބޭންޑް

ށ. ސާދަތިރީސްއަށެއް

5.      ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާ

ހ. އޮއެވާލި އާޓް ޝޮޕް

ށ. ބައިބީޒް

ނ. މެކްރަމާ

ރ. ލެވެލިއަރ

ބ. އަބުޑީ މޯލްޑިވްސް

6.      ފޮޓޯގްރެފީގެ ދާއިރާ

ހ. އައިކެންޑީ

ށ. ލައިޓްސް އައުޓް

ނ. ސާރިމް ފޮޓޯސް

7.      އެންމެ މަޤުބޫލު މާކެޓިންގ ފަރމް

ހ. ލޫޕް ކްރާފްޓް

ށ. ޕަބްލިސިޓީ ބިޔުރޯ

ނ. އޯޕަން ސްކައި ގްރޫޕް

ޢާންމުންގެ ވޯޓަށް ހުޅުވާލާފައިވާ ދާއިރާތަކަށް ވޯޓުދިނުމަށް އެސްއެމްއެސް ކުރުމުގެ ސުންގަޑިއަކީ 3 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެރޭ 12:00 އެވެ. މިބައިތަކުގެ އިތުރުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކުން ވެސް ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކުން އިނާމަށް ހުށަހެޅުއްވި ފަރާތްތަކުގެ އިވެލުއޭޝަން މަރުޙަލާ މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެ އެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަ ކުރުމަށް ޓަކައި ދެވޭ މި އެވޯޑުތަކަށް އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރަނގަޅު ތަރުޙީބެއް ލިބިފައިވެއެވެ.

"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ޤައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު