ENGLISH

20 އޮކްޓޯބަރު 2025

Advertisement

ކުނަހަންދޫގައި ފިޓްނަސް ސެންޓަރަކާއި ވޮލީ ކޯޓެއް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

20 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ލ. ކުނަހަންދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި ވޮލީ ކޯޓެއް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި ދެ މަޝްރޫޢު އެ ކުންފުންޏާއި ހަވާލުކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.

މި މަޝްރޫޢުގެ ދަށުން 4005 އަކަފޫޓްގެ ސަރަޙައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިމާރާތް ކުރާނެ އެވެ. މިއީ 4.94 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ. މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

ވޮލީ ކޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކޮންކްރީޓް މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތަކާއި ކަރަންޓްގެ މަސައްކަތްތަކާއި ޓާފް އެޅުމާއި އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢު އެކެވެ.

ކިޔުންތެރިންގެ ހިޔާލު