ENGLISH

20 އޮކްޓޯބަރު 2025

Advertisement

ސިނގިރޭޓް ވައްކަން: މުއާޒްގެ ބަންދަށް އިތުރު 10 ދުވަސް

20 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މުޢާޒު ޢަލީ

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖާ މުޢާޒު ޢަލީގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން މިއަދު ވަނީ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކޮށްފަ އެވެ. ބަންދުގެ މަޖިލީހުގައި ނިންމީ މުއާޒްގެ ބަންދަށް އިތުރު 10 ދުވަސް ދިނުމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރުމުގެ ކުރީން ވެސް އޭނާގެ މައްޗަށް މިފަދަ އިތުރު މައްސަލައެއްގައި އޮތީ ދައުވާކޮށްދޭން ވެސް އެދިފަ އެވެ. އެއީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާތީ، ކަސްޓަމްސް އިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާ މައްސަލަ އެކެވެ.

ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއެކު ހ. ނިއުހެޕިނަސް، މުއާޒު އަލީ އާއި، މެދުރީގެ، ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލްއެވެ. 

ކިޔުންތެރިންގެ ހިޔާލު