ENGLISH

19 އޮކްޓޯބަރު 2025

Advertisement

މޭރުން ނުވާ ކަންކަމުގައި ބަސްބުނާތީ އިމާދުގެ ސުވާލެއް އިޔާޒަށް، ތިޔަައީ ދެރަވަރު

19 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފް އަދި ދީނީ އިލްމުވެރިޔާ އިޔާޒް --

ތިމާއަށް އެކޮޅު މިކޮޅު މޭރުންނުވާ ކަންކަމުގައި ބަސްބުނެ އިއްވުމުގެ ޙުކުމަކީ ކޮބައިތޯ ސުވާލު ކުރައްވާ ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުލްލަތީފަށް, މަޝްހޫރު ނޫސްވެރިޔާ އަދި ތާރީޚީ ދިރާސާކުރުންތެރިޔާ އިމާދު ލަތީފް މުހިންމު ސުވާލެއް ކުރިމަތި ކުރައްވައިފި އެވެ.

އިމާދު, އިޔާޒަށް މިފަދަ ސުވާލެއް ކުރިމަތި ކުރެއްވީ އައްޑޫ ސިޓީގެ ތިން ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާއި ގުޅުވާ އިޔާޒް ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. އޭނާ ވަނީ އައްޑޫ ރައްޔިތުން ބޭނުންވަނީ ސީޝެލްސްގެ ދަށަށް ދާން ކަމަށް ނުފޫޒުގަދަ މެންބަރަކު ބުނެފިނަމަ އެކަމަށް ވޯޓެއް ނަގާނެތޯ ސުވާލު ކޮށްފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ އިމާދު ވަނީ ތިމާއަށް އެކޮޅު މިކޮޅު މޭރުންނުވާ ކަންކަމުގައި ބަސްބުނެ އިއްވުމުގެ ޙުކުމަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އަދި އިޔާޒްގެ ވަރުން އެޅުވުމާމެދު އިމާދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

ލާމަރުކަޒީ ކުރުމުގެ މައްޗަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ސީޝެލްސްގެ ދަށަށް ދިއުމަށް ވޯޓެއް ނެގުން ފަދަ ކަމެއްގެ ގޮތުގައި މިސާލު ޖެހޭނެ ކަމެއްތޯ އިމާދު އެއްސެވި އެވެ. އެހެން ކަމުގައި ދެކޭނަމަ އެއީ ދެން ވަރަށް ދެރަ ވަރުކަމުގައި ވިދާޅުވި އެވެ.

ރާއްޖެ ދުށް އެންމެ މޮޅެތި ނޫސްވެރީންގެ ތެރޭގައި ހިމެނޭ އަދި ޤައުމީ އިނާމާއި ނޫސްވެރިކަމުގެ އެންމެ ޝަރަފުވެރި އިނާމުތައް ވެސް ހާސިލު ކުރައްވާފައިވާ އިމާދު މިފަދަ ސުވާލުތަކެއް އިޔާޒަށް ކުރިމަތި ކުރެއްވިއިރު ދީނީ އިލްމުވެރިއެއްގެ ގޮތުގައި ހުރެ އިޔާޒް ދައްކާ ވާހަކަތަކާއި ކުރާ ޕޯސްޓްތަކަށް އާންމުންގެ ގިނަ ބަޔަކު ވަރަށް ބޮަޑަށް ފާޑުކިޔަ އެވެ.

ގިނަ ބައެއްގެ ނަޒަރުގައި އިޔާޒަކީ މިހާރު ދީނީ އިލްމުވެރިއަކަށް ވުރެ ބޮޑަށް ސިޔާސީ ބޭފުޅެކެވެ. ނިމިދިޔަ ސަރުކާރުގައި ސިޔާސީ އެކި ކަންކަމުގައި ބަސް ބުނެ އޭނާ އަމަލުކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އިޔާޒަށް އަމާޒުވި އެވެ. އިޔާޒް ފާހަގަ ކުރެވިފައި ވަނީ އޭނާ ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ފަދައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެއްވެސް އަސާސެއް ނެތި އެކި ކަންކަމުގައި ވަރަށް ބޮޑަށް ފާޑުކިޔާ ސިޔާސީ ވާހަކަތައް ދައްކާ ބޭފުޅެއްގެ ގޮތުގަ އެވެ.

އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓް

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުށް ނިންމީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް އެދޭތީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން ނިންމެވުމަށް ސަރުކާރުން ބޭނުންވާތީ އެވެ.

އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ މި ސުވާލެވެ.

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ މި ސުވާލެވެ.

އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ މި ސުވާލެވެ.

މި ވޯޓްގައި ސަރުކާރުގެ ވަކި ސްޓޭންޑެއް އަދި ސަރުކާރުން ނެރެން ބޭނުންވާ ވަކި ނަތީޖާއެއް ނެތް ކަމަށާ ރައްޔިތުންގެ ކޮންމެ ނިންމުމަކަށް ވެސް ސަރުކާރުން އިހްތިރާމްކޮށް ބަލައިގަަންނާނެ ކަަމަށް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު