ENGLISH

19 އޮކްޓޯބަރު 2025

Advertisement

މާޅޮސް ޕޮލިސް ޕޯސްޓު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ

19 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

މާޅޮސް ޕޮލިސް ޕޯސްޓް ހެދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، ބ. މާޅޮހުގައި ޕޮލިސް ޕޯސްޓް ބިނާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ފުރާޅު އެޅުމަށް ބޭނުންވާ ބެރި އެޅުމުގެ މަސައްކަތް ކަަމަށެވެ.

މާޅޮހުގައި ފުލުހުންގެ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިންމާލުން ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، އަދި ފުލުހުންގެ ޚިދުމަތް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު