ENGLISH
19 އޮކްޓޯބަރު 2025
އއ. ފެރިދޫ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ
19 އޮކްޓޯބަރު 2025
|
އއ. ފެރިދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ: އެމްޓީސީސީ
އއ. ފެރިދޫ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މުޅި މަޝްރޫއުގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާކަން އެމްޓީސީސީގެ ޕްރޮޖެކްޓު އަޕްޑޭޓް ސައިޓުން ދައްކައެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެމްޓީސީސީއިން ބުންޏެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 50 މިލިއަން ރުފިޔާއަށެވެ.
ފެރިދޫގައި ބޭނުންކުރަމުން އަންނަ ބަނދަރު ކުޑަވުމަކީ، އެރަށު މީހުންގެ ޒަމާންވީ ޝަކުވާއެކެވެ. ބަނދަރުގެ މައްސަލަ ހައްލުވުމަކީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ އެއްކަމެވެ. އެހެންކަމުން ބަނދަރު ތަރައްޤީވުމާއެކު ، މުދާ އުފުލާ ދޯނި އަދި ބޯޓުފަހަރަށް އެކަށީގެންވާ ޖާގަ ލިބި ރަށަށް އަރައި ފައިބާ މީހުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބޭނެއެވެ.