ENGLISH

16 އޮކްޓޯބަރު 2025

Advertisement

ސީޒަންގެ "ޕަރީ" - ޓީޒާ ޓްރެއިލާއާއެކު ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑުވެއްޖެ

16 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ސީޒަންއަލީ ޕްރޮޑަކްޝަންގެ އާ ފިލްމް "ޕަރީ" ގެ ޓީޒާގެ މަންޒަރުތަކެއް --

މަޤްބޫލް ފިލްމީ ތަރި އަލީ ސީޒަންގެ ސީޒަންއަލީ ޕްރޮޑަކްޝަންގެ އާ ފިލްމް "ޕަރީ" ގެ ޓީޒާ ޓްރެއިލާ ލޯންޗުކޮށް ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ރޭ ދަ ގާޑަން ރެސްޓޯރަންޓްގައި އޮތް ހަފްލާއެއްގައި ވަނީ "ޕަރީ" ގެ ޓީޒާ ޓްރެއިލާ ލޯންޗުކޮށް ފިލްމުގެ ޕޯސްޓަރު ދައްކާލާފަ އެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ ޓީޒާ ޓްރެއިލާ އާންމުކޮށްފަ އެވެ.

ޓީޒާ ޓްރެއިލާއާއެކު ފިލްމު ބަލާލަން ބޮޑު ޝައުގުވެރިކަމެއް އުފެދެ އެވެ. އަދި ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑުވެ އެވެ.

ޓީޒާއިން ފެނިގެން ދަނީ ބިރުވެރި މަންޒަރުތަކެކެވެ. ޓީޒާއިން އެކަނިވެސް ފިލްމުގެ ބިރުވެރިކަން އިހްސާސް ކުރެވެ އެވެ. މިއީ ވަރަށް ރީތި އެހާމެ ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން މިހާތަނަށް އެތައް ހާސް ބަޔަކު ޓީޒާ ބަލާފައިވާއިރު ގިނަ މީހުންނަށް ޓީޒާ ވަރަށް ކަމުދިޔަ އެވެ. އަދި މި ފަހުން އޮލިމްޕަހުން ބަލާލަން ލިބޭނެ އެންމެ ރީތި ބިރުވެރި ފިލްމަށް މި ފިލްމު ވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ފިލްމުގެ މައިގަނޑު ތަރީންގެ ތެރޭގައި ހިމެނެނީ އަލީ ސީޒަންގެ އިތުރުން އައިޝަތު ރިޝްމީއާ ޝީލާ ނަޖީބެވެ. އަދި ވަރަށް ހުނަރުވެރި ކުއްޖަކު ފެނިގެންދާނެ އެވެ.

ދިވެހީންގެ މެދުގައި އެންމެ މަޤްބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސީޒަންގެ މި ފިލްމު ބެލުންތެރީންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ޖަނަވަރީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު