ENGLISH

15 އޮކްޓޯބަރު 2025

Advertisement

ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލަ: އެންމެން ބަންދުކޮށްފި

15 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތު އޮތް މީހުން --

މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު އާންމުކޮށް އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމާއި ގުޅިގެން ފުލުހުން ވަނީ ބޮޑު ތަޙުޤީޤެއް ފަށާފަ އެވެ.

ފުލުހުން ބުނީ މި މަހުގެ ނުވަވަނަ ދުވަހު ފެށި ތަހުޤީޤުގައި މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެކަން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ ރެ އެވެ. އެއީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ހ. ނިއުހެޕިނަސް މުއާޒް އަލީ އާއި ހދ. ވައިކަރަދޫ, މެދުރީގެ ޒިވާރު އިސްމާއިލް އެވެ.

ފުލުހުން ބުނީ މި މީހުންގެ އާރިފްއާ ޒިވާރުގެ ބަންދަށް 15 ދުވަސް އަދި ވަހީދުގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. މުއާޒްގެ ބަންދަށް ދިނީ ފަސް ދުވަހު އެވެ

މި މައްސަލައާ ގުޅިގެން ކުުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް ވެސް ކުރިއަށްދާ ކަމަށާ މައްސަލައިގެ ތަހުޤީޤު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު