ENGLISH

19 ސެޕްޓެމްބަރު 2025

Advertisement

ރަޝިޔާއަށް ބާރުގަދަ ބިން ހެލުމެއް، އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭނެ

19 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރަޝިޔާއަށް ބާރުގަދަ ބިން ހެލުމެއް އައިސްފައިވާ ކަމަށާ ނަމަވެސް އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން އެކަން ހާމަކުރީ ރަޝިޔާއަށް ބާރުގަދަ ބިން ހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރުމާއި ގުޅިގެންނެވެ. މެޓުން ބުނި ގޮތުގައި ބިން ހެލުން އައީ އައްސޭރި ކަމްޗަޓްކާއަށެވެ.

ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 7.6 ގަ އެވެ. 

މެޓް އޮފީހުން ބުނީ ބިންހެލުން އައީ ރާއްޖެއާ 9432 ކިލޯމީޓަރު ދުރު ސަރަހައްދަކަށެވެ. އަދި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގެ ސަރަހައްދަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ބިންހެލުމާއި ގުޅިގެން ބައެއް ސަރަޙައްދުތަކަށް ވަނީ ސުނާމީ އިންޒާރު ނެރެފަ އެވެ. އަދި ކުއްލި ހާލަތުގައި ތިބުމަށް އިންޒާރު ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު