ENGLISH

17 ސެޕްޓެމްބަރު 2025

Advertisement

އަންހެން ފުލުހުން ކުރަނީ ވަޒަން ނުކުރެވޭހާ ބޮޑު މަސައްކަތެއް: ސީޕީ

17 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސީޕީ އަންހެން ފުލުހަކަށް ހަނދާނީ ލިޔުމެއް ހަވާލު ކުރައްވަނީ --

ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އަންހެން ފުލުހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރެވޭވަރަށް ވުރެ ބޮޑު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.

ސީޕީ ނަވީން މިހެން ވިދާޅުވީ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ސީޕީގެ މެސެޖުގައި ވަނީ މިފަދަ މުނާސަބާއެއް ފާހަގަކުރަމުންދާއިރު، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައުކުރައްވާ ފައެވެ.

އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ޚިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށް ކަމަށްވާއިރު، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވޭހާ ބޮޑު ކަމަށްވެސް ސީޕީ ނަވީންގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

"...ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރާއިރު، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ޚާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އެކަން ފެނިގެންދޭ," ސީޕީ ވިދާޅުވި އެވެ.

އަދި އަންހެނުން ފުލުހުން ޚިދުމަތުގައި ދެމިތިބުމަކީ މި ޚިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސީޕީ ވަނީ ސިފަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު