ENGLISH

17 ސެޕްޓެމްބަރު 2025

Advertisement

ތެދު ހަގީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދައްކައި ލިޔެވޭނެ: ރައީސް

17 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ތެދު ހަގީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދައްކައި ލިޔުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިފަދައިން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން އަދާހަމަ މައުލޫމާތު ގެނެސްދެއްވުމަށް އެމަނިކުފާނުގެ އިސްނެންގެވުމަށް ކުރިއަށްގެންދަ ސިލްސިލާ ޕޮޑްކާސްްޓު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މއިަދު ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ ހުރިހާ ކަމެއްގައިވެސް އިސްލާމީ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަންވާނެ ކަމުގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ހިތަށް އަންނަހާ އެއްޗެއް އޭގެ ތެދު ދޮގު ބެލުމެއް ނެތި، އެއިން އަނެކުންނަށް ލިބޭ ގެއްލުމަށް ބެލުމެއް ނެތި ދެއްކުމަކީ އިންސާނެއްގެ ގޮތުންވެސް ކުރެވިދާނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. 

"އިސްލާމްދީނުގައި މިއޮންނަނީ އަނބުރު ރައްކާތެރިކުރުން. އިސްލާމްދީން ފޮނުއްވި މައިގަނޑު ފަސް މަގުސަދުގެ ތެރެއިން އެއްކަމަކީ އަނބުރު ރައްކާތެރިކުރުން. އެހެންވީމާ ކޮންމެ މީހަކީވެސް ކޮންމެ މީހަކީވެސް ކަރާމާތެއް އަނބުރެއް ލިބިގެންވާ މީހެއް ކަމުގައި ކަނޑައެޅުއްވީ މާތް ﷲ.،" ރައީސް ވިދާޅުވިއެވެ. 

އަނބުރު ރައްކާތެރިވުމުގެ ހައްގަކީ މާތްﷲ ކޮންމެ މީހަކަށްވެސް ދެއްވާފައިވާ ހައްގެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަމަށާއި، އެއީ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައެވެ. 

އަދި ރައީސް ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމަކީ ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ކުރެވިދާނެ ކަމެއް ކަމުގައި އަދި އެކަމަށް ދިވެހިރައްޔިތުން ތާއީދުކުރާނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައެވެ. ނަމަވެސް ތެދު ހަގީގަތުގެ މައްޗަށް ބިނާކޮށް ކޮންމެ ވާހަކައެއް ލިޔުމާއި ދެއްކުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމުގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު