ENGLISH

16 ސެޕްޓެމްބަރު 2025

Advertisement

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި

16 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ބީއެމްއެލް --

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމެކެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ދާއިރާގެ ގްރެޖުއޭޓުންނަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި މި އަހަރު، އައިޓީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ގްރެޖުއޭޓުންނަށް ހާއްސަކޮށްފައިވާ "ޓެކް ސްޓާޓް" އިންޓަރންޝިޕް އަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.

  • ގްރެޖުއޭޓް އިންޓަރންޝިޕް: 15 ބައިވެރިންނަށް – ބޭންކުގެ އެކި ޑިވިޜަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
  • ޓެކް ސްޓާޓް އިންޓަރންޝިޕް: 10 ބައިވެރިންނަށް – ބޭންކުގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ

މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އަހަރުގެ ގްރެޖުއޭޓް އިންޓަރންސް އަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ޓެކް ސްޓާޓް އިންޓަރނސްއަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ.  

2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭންކުން 77 އިންޓަރންސް އަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ. މީގެ ތެރެއިން ބައެއް އިންޓަރންސް އަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައި ވެއެވެ. 

ކިޔުންތެރިންގެ ހިޔާލު