ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

ޤައުމީ ފުޓްބޯޅަ ޓީމު ލަންކާ އަށް ފުރައިފި

04 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

ލަންކާ އަށް ފުރުމުގެ ކުރީން ވަޒީރު ޢަބްދުﷲ ރާފިޢު އާއެކު ޤައުމީ ފުޓްބޯޅަ ޓީމުގެ މެންބަރުން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެފްއޭއެމް

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމު، އެ ޤައުމަށް ފުރައިފިއެވެ.

މިއަދު ހެނދުނު ރާއްޖޭގެ ޓީމު ފުރިއިރު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން އެފްއޭއެމާއި ކުޅިވަރު ވުޒާރާގެ އިސްވެރިން ވަނީ މާލޭ ބަސް ޓާމިނަލުން ކުޅުންތެރިންނާ ބައްދަލުކުރައްވާ ކާމިޔާބީއެއް އެދިވަޑައިގެން ހިތްވަރުދެއްވާފައެވެ.

ލަންކާ މުބާރާތުގައި ރާއްޖޭން އެ ޓީމާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 6 ވަނަ ދުވަހާއި، 9 ވަނަ ދުވަހު އެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގައެވެ.

ވަޒީރު ރާފިޢު (ކ) ޓީމުގެ މެންބަރުންނާ ސަލާންކުރައްވަނީ. ފޮޓޯ: އެފްއޭއެމް

މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ސީނިއާ ޓީމުން ފަރިތަކުރުންތައް ފެށީ މިދިޔަ މަހުގެ 29 ގައެވެ.  މި މެޗުތަކަށް ރާއްޖޭން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި 21 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިއަކު ހިމެނެއެވެ.

އޭގެތެރޭގައި ޒުވާން ޤައުމީ ޓީމުގެ ދެ ކުޅުންތެރިއަކު ހިމެނެއެވެ. އެއީ، މުޙައްމަދު އިލާން އިމްރާން އާއި ހަސަން ރާއިދު އެވެ. މީގެއިތުރުން، އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރު، މުޙައްމަދު ފައިސަލް ވެސް ވަނީ މި ފަހަރުގެ ސްކޮޑުން ޖާގަ ހޯދައިފައެވެ.

ވަޒީރު ރާފިޢު (ވ) ޓީމުގެ މެންބަރުންނާ ސަލާންކުރައްވަނީ. ފޮޓޯ: އެފްއޭއެމް

ލަންކާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ޓީމަށް އިރުޝާދު ދޭނީ، ދާދިފަހުން ޤައުމީ ޓީމުގެ ކޯޗުގެ މަޤާމަށް ހަމަޖެއްސި މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. އެ ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި އަހުމަދު ސުޒެއިރު (ކޮއްކޮ) ވަނީ ހަމަޖައްސައިފައެވެ.

މި ޓީމާއެކު ގޯލްކީޕަރު ޓްރޭނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ ޤައުމީ ކީޕަރުން ކަމަށްވާ، އަސްލަމް އަބްދުއްރަހީމާއި އިމްރާން މުހައްމަދެވެ. ޓީމުގެ މެނޭޖަރަކީ ޓީސީ ސްޕޯޓްސްގެ ކުލަބުގެ އަހުމަދު އައްބާސް އެވެ.

ކިޔުންތެރިންގެ ހިޔާލު