ENGLISH
01 ސެޕްޓެމްބަރު 2025
ސަޅި ފުރުސަތެއް: "ފަރީ" ގެ ޕޯސްޓަރު ޑިޒައިން ކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު
27 އޯގަސްޓު 2025
|
ދިވެހި ފިލްމު "ޕަރީ" ގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއް ހުޅުވާލައިފި އެވެ.
ޕަރީގެ ޓީމުން ބުނީ މި މުބާރާތަކީ ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. މި މުބާރާތުން އެއްވަނަ އަށް ހޮވޭ ޕޯސްޓަރަކަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ޕަރީގެ ޓީމުން ބުނެ އެވެ.
މިމުބާރާތް ހުޅުވާލާފައިވަނީ އޮގަސްޓްމަހު 27 އިން ފެށިގެން، އޮކްޓޯބަރ 15 ގެ ނިޔަލަށެވެ. ޑިޒައިން ކުރާ ޕޯސްޓަރުތައް ހުށަހަޅާނީ ޕަރީގެ އިންޓަރގްރާމް އަދި ފޭސްބުކު އެކައުންޓްތަކަށް ޕޯސްޓްކޮށްގެން ކަމަށް ޕަރީގެ ޓީމުން ބުނެ އެވެ.
މިމުބާރާއި ގުޅޭ ޤަވަޢިދު އަދި އިތުރު މައުލޫމާތު ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަން ހުންނާނެ އެވެ.
އޮކްޓޯބަރ 15ގެ ނިޔަލަށް ހުށަހަޅާ ޕޯސްޓަރު ތަކުގެ ތެރެއިން ޕަރީގެ ޓީމުން ޖަޖްކޮށްގެން ހޮވާ އެންމެ މޮޅު ފަސް ޕޯސްޓަރު، ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށް ބެލުންތެރިންގެ ވޯޓަށް ހުޅުވާލާނެ ކަމަށާއި އެއްވަނައަށް އަންނަ ޕޯސްޓަރަކަށް ހޮވާނީ އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓަރެއް ކަމަށް ވެސް ޕަރީގެ ޓީމުން ވަނީ ބުނެފަ އެވެ.
މި މުބާރާތުން އެއްވަނަ އަށް އަންނަ ޕޯސްޓަރު އިއުލާން ކުރުމާއި އިނާމް ދިނުން އޮންނާނީ ޑިސެމްބަރު އެއް ވަނަ ދުވަހު، ޕަރީ ފިލްމުގެ ރަސްމީ ޓްރެއިލާ ލޯންޗް ކުރާ ހަފްލާގަ އެވެ.