ENGLISH

16 ޖުލައި 2025

Advertisement

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި މިހާރު ތިއްބެވީ 922 މުވައްޒަފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފި

16 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ކެބިނެޓް ބައްދަލްވުމެއްގައި

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ، 922 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

ރައީސަ އޮފީހުން މިރޭ ވަނީ 922 މުވައްޒަފުން ޢައްޔަނު ކުރައްވާފައިވާ އެކި ގިންތިތައް ވެސް ހާމަ ކުރައްވާފަ އެވެ.

* ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން

* ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން

* ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން

* ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން

* ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން

* ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން

* ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން

* ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން

* ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން

* ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން

* އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން

* އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެ ކަން ރައީސް އޮފީހުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ސަރުކާރުން ގެންދަވަނީ ދެފުށްފެންނަ ސިޔާސަތުގެ ތެރެއިން ރައްޔިތުން އެދޭ ހުރިހާ މައުލޫމާތުތަކެއް ޢާންމު ކުރައްވަމުންނެވެ. އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭނެ ގޮތް ފަހި ކުރައްވާ މައުލޫމާތު ޢާންމު ކުރެއްވުމަށް ތަފާތު ޕްރަގްރާމްތައް ކުރިއަށް ގެންދަވަމުންނެވެ.

ސީދާ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޕްރަގްރާމްތަކާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ޕްރަގްރާމްތައް ކުރިއަށް ގެންދަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު