ENGLISH
16 ޖުލައި 2025
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުންނަށް ދަޢުވަތު ދޭނެ
15 ޖުލައި 2025
|
މި މަހު 26 ގައި ހުޅުވަން ހަމަޖެހިފައިވާ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ބޭރު. --ފޮޓޯ: ދައުރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުންނަށް ދަޢުވަތު ދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ވެލާނާ އެއާޕޯޓް ހިންގާ ކުންފުނިން ބުނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މި މަހު 26 ވަނަ ދުވަހުގެ ރޭ އޮންނަ ރަސްމިއްޔާތަށް ދައުވަތު ދެއްވާނީ ރާއްޖޭގެ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްޤައްޔޫމް، ރައީސް މުޙައްމަދު ނަޝީދު، ރައީސް ޑރ. މުޙައްމަދު ވަޙީދު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ކަމަށެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އާ ޓާމިނަލް ހަގީގަތަކަށް ހެދުމުގައި ކުރީގެ ރައީސުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އެބޭފުޅުންނަށް ކްރެޑިޓު ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.
"އެއާޕޯޓްގެ ތަރައްޤީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ޙައްޤު ތަޢުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
އާ ޓާމިނަލްގެ މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.