ENGLISH

16 ޖުލައި 2025

Advertisement

އެޗްއާރުސީއެމްގެ މެންބަރު ކަަމަށް އަލުން ހުޅުވާލައިފި

15 ޖުލައި 2025

|

އަޙުމަދު ޙަމީދު

އެޗްއާރުސީއެމްގެ މެންބަރު ކަަމަށް ހުޅުވާލުން --

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ދެ މަގާމަށް ކުރިމަތިލުމަށް އަލުން ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ކޮމިޝަންގެ މެންބރު ކަމަށް ކުރީން ފުރުޞަތު ހުޅުވައިލުމުން އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާ ކަމަށެވެ. އެހެން ކަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުންނެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް އޮފީހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު