ENGLISH

15 ޖުލައި 2025

Advertisement

ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއާ ގުޅޭގޮތުން ނައިބް ރައީސް މަޝްވަރާކުރައްވައިފި

15 ޖުލައި 2025

|

ހަސަން އާމިރު

ހދ. ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ގޮންޖެހުންތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ، ރަށު ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އަލަށް އެޅުމަށް ހަމަޖެހިފައިވާ ކުލާސްރޫމްތަކުގެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އަލަށް ހަދާފައިވާ ހައުސިންގ ޔުނިޓުތަކުގެ ފެނާއި ނަރުދާމާގެ މައްސަލަ ހައްލުކޮށްދެއްވުމާއި، ރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމުކަން މެންބަރުން ފާހަކުރެއްވިއެވެ. އަދި ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކުރަން ބޭނުންވާކަމާއި ރަށުގައި އިތުރު މަސައްކަތްތަކެއް ފެއްޓުމަށް ބޭނުންވާކަންވެސް ކައުންސިލު މެންބަރުން ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުން ހުށަހެޅުއްވި ކަމަކަށް ސަމާލުކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު