ENGLISH

15 ޖުލައި 2025

Advertisement

އެންސްޕާއިން އޭޑީކޭއާއި ޓްރީޓޮޕަށް ޖޫން މަހު 6.5 މިލިއަން، ގިނައީ ކަށީގެ ބަލިތަކަށް ދޫކުރި ފައިސާ

15 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ޖޫން މަހު ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓާކަމަށްވާ އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާ ހޯދި ފަރާތްތަކަށް އެހީގެ ގޮތުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް 6.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ އެޖެންސީން ހާމަކޮށްފިއެވެ. 

އެ އެޖެންސީން ހާމަކުރި ހިސާބުތަކަށް ބަލާއިރު ޓްރީޓޮޕް ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ބޭސްފަރުވާ ހޯދި ފަރާތްތަކަށް 3.3 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. އޭޑީކޭގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި ފަަރާތްތަކަށް 3.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭޑީކޭއަށް ދޫކުރި ފައިސާއަކީ 187 ކޭސްއަކާ ގުޅިގެން ދޫކުރި ފައިސާއެވެ. ޓްރީޓޮޕަށް ދޫކުރި ފައިސާއަކީ 281 ކޭސްއަކާ ގުޅިގެން ދޫކުރި ފައިސާއެވެ. 

އޭޑީކޭއަށް ދޫކުރި ފައިސާގެ ތެރެއިން 802،481.30 ރުފިޔާއަކީ ކަށީގެ ބަލިތަކުގެ 24 ކޭސްއަކާ ގުޅިގެން ދޫކުރި އެހީއެވެ. އަދި 455،297.35 ރުފިޔާއަކީ ކާޑިއޯވެސްކިއުލާ ނުވަތަ ހިތުގެ ބަލިތަކަށް ފަރުވާ ހޯދި 13 ކޭސްއަކާ ގުޅިގެން ދޫކުރި އެހީގެ ފައިސާއެވެ. މައިބަދައާއި ނާރުގެ ބަލިތަކުގެ 12 ކޭހަކާ ގުޅިގެން 334،520 ރުފިޔާ އެހޮސްޕިޓަލަށް ދޫކޮށްފައިވެއެވެ. 

ނޭވާލާ ނިޒާމުގެ ބަލިތަކާ ގުޅޭ 21 ކޭސްއަކަށް އެހީގެ ގޮތުގައި 3176،860 ރުފިޔާ އޭޑީކޭއަށް ދޫކުރިއެވެ. އެންޑޯކްރައިންގެ 5 ކޭހަކާ ގުޅިގެން 283،824 ރުފިޔާ އަދި ވިހެއުމާ ގުޅޭ 35 ކޭސްެއްގައި 282،968 ރުފިޔާ ދޫކޮށްފައިވެއެވެ. 

ޓްރީޓޮޕަށް ދޫކުރި ފައިސާގެ ތެރެއިން 816،326 ރުފިޔާ ދޫކުރީ ކަށީގެ ބަލިތަކުގެ 37 ކޭސްއަކާ ގުޅިގެންނެވެ. ކުޑަކުދިންގެ ބަލިތަކާ ގުޅުންހުރި 20 ކޭހަކާ ގުޅިގެން 506،275.14 ރުފިޔާ އެ ހޮސްޕިޓަލަށް ދޫކޮށްފައިވާއިރު، ވިހެއުމާ ގުޅޭ 61 ކޭހަކާ ގުޅިގެން 333،640.83 ރުފިޔާ އެ ހޮސްޕިޓަލަށް ދޫކޮށްފައިވެއެވެ. ކަރުންމަތީގެ ބަލިުތަކުގެ 27 ކޭހަކާ ގުޅިގެން 242،899 ރުފިޔާ އަދި ނޭވާލާ ނިޒާމުގެ ބަލިތަކާ ގުޅޭ 29 ކޭހަކާ ގުޅުންހުރި 185،858 ރުފިޔާ އަދި ހިތުގެ ބަލިތަކާ ގުޅުންހުރި އަށް ކޭހަކާ ގުޅިގެން 171،928 ރުފިޔާ ޓްރީޓޮޕަށް ދޫކޮށްފައިވެއެވެ. 

އާސަންދަ މެދުވެރިކޮށް ލިބޭ އެހީތެރިކަމުން ނުފުދޭ ހާލަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް އެންސްޕާ މެދުވެރިިކޮށް އެހީތެރިކަން ފޯރުކޮށްދެއެވެ. ކޮންމެ އަހަރަކުވެސް އާސަންދައިގެ ބޭރުން އެންސްޕާއިން އެތައް ސަތޭކަ މިލިއަން ރުފިޔާގެ އެހީތެރިކަން އެ އެޖެންސީން އަންނަނީ ފޯރުކޮށްދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު