ENGLISH

01 ޖުލައި 2025

Advertisement

ބާސްކެޓްބޯލް ވިތައުޓް ބޯޑަރސް އޭޝިއާ ކޭމްޕްގައި ރާއްޖޭން ޝުބާ

21 ޖޫން 2025

|

މުޙައްމަދު އަދުހަމް

ބާސްކެޓްބޯލް ވިތައުޓް ބޯޑަރސް އޭޝިއާ ކޭމްޕްގެ ތެރެއިން. --ފޮޓޯ: އެންބީއޭ

ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ބާސްކެޓްބޯޅަ ފެޑެރޭޝަން (ފީބާ) އާއި ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އިން އިންތިޒާމްކުރާ ބާސްކެޓްބޯލް ވިތައުޓް ބޯޑަރސް (ބީޑަބްލިއުބީ) އޭޝިއާ ކޭމްޕުގައި ރާއްޖޭގެ ފާތިމަތު ޝުބާ ޝުޖާއު ބައިވެރިވުމުގެ ފުރުޞަތު ލިބިއްޖެއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްގެންދާ 15 ވަނަ ބާސްކެޓްބޯލް ވިތައުޓް ބޯޑަރސް އޭޝިއާ ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ޝުބާ އަށް ލިބުނީ، އެންބީއޭ އާއި ފީބާ އިން ކަނޑައެޅި މިންގަނޑުގެ ތެރެއިން އޭނާގެ ހުނަރާއި ލީޑަރޝިޕް ރަނގަޅުވުމުންނެވެ.

މި ފަހަރު އޭޝިއާ ބައްރުގައި ސިންގަޕޫރުގައި މި މަހުގެ 19 އިން 22 ގެ ނިޔަލަށް ކުރިއަށްގެންދާ ބާސްކެޓްބޯލް ވިތައުޓް ބޯޑަރސް އޭޝިއާ އަކީ މުޅި ސަރަޙައްދުން ހޮވާލެވޭ އެންމެ ޤާބިލު ޒުވާން ކުޅުންތެރިންގެ މެދުގައި ބާއްވާ މަތީ ފެންވަރުގެ ބާސްކެޓްބޯލް ހުނަރު ދަސްކޮށްދޭ ކޭމްޕެކެވެ.

މި ޝަރަފު ޝުބާ އަށް ލިބިފައިވަނީ، މި ސަރަހައްދުން ހޮވި 10 ކުދިންގެ ތެރެއިން ފުރުޞަތު ލިބިގެންނެވެ.

ދެހާސް އެއްވަނަ އަހަރު ފެށި ބާސްކެޓްބޯލް ވިތައުޓް ބޯޑަރސް (ބީޑަބްލިއުބީ) އިން މިހާތަނަށް ހަ ބައްރެއްގެ މަތިން 33 ޤައުމެއްގެ 48 ސިޓީއެއްގައި 72 ކޭމްޕް ވަނީ ބާއްވައިފައެވެ. އެގޮތުން، މި ޕްރޮގްރާމްގެ ދަށުން، 140 ޤައުމަކަށް ނިސްބަތްވާ ގާތްގަނޑަކަށް 4300 ވުރެ ގިނަ އެތުލީޓުން ވަނީ ކޭމްޕްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު