ENGLISH
01 ޖުލައި 2025
ފީފާ ކްލަބް ވޯލްޑްކަޕް: އިންޓަރ މިލާން މިރޭ ނުކުންނާނީ ގިނަ ގޯލުތަކެއް ޖެހުމުގެ އުންމީދުގައި
21 ޖޫން 2025
|
އިންޓަރ މިލާން އަދި މޮންޓެރޭ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ދަ ހޯކްސް
ފީފާ ކްލަބް ވޯލްޑްކަޕުގައި މިރޭ، އިންޓަރ މިލާން، ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑްސްއާ ދެކޮޅަށް ނުކުންނަ މެޗުގައި އެޓީމުން ގިނަ ގޯލު ތަކެއް ޖަހަން ވިސްނާނެ ކަމަށް ބެލެވެއެވެ.
މިދިޔަ ބުދަ ދުވަހު އިންޓަރ މިލާން، ބްރެޒިލްގެ މޮންޓެރޭ އާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، އާޖެންޓީނާގެ ރިވަރ ޕްލޭޓުން ރެޑް ޑައިމަންޑްސް 1-3 ގެ ނަތީޖާއަކުން ބަލިކޮށްފައިވުމުން އެ ޓީމު ދެވަނަ ބުރަށް ދާނެކަން ޔަގީންކުރަން ބޭނުންނަމަ، ދެން ބުރަވާން ޖެހޭނީ ފައިދާ ގޯލުގެ ތަފާތަށެވެ.
ނަމަވެސް އިންޓަގެ ފުރަތަމަ މެޗަށް ބަލާއިރު ފެންނަނީ އެ ޓީމަށް މިކަން ކުރެވިދާނެ ކަހަލަ ހިސާބުތަކެއް ނޫނެވެ. އެގޮތުން، އިންޓަރ މިލާނުން މެޗުގައި 62 އިންސައްތަ ބޯޅަ ހިފަހައްޓާ، ޖުމްލަ 10 ހަމަލާއެއް ފޮނުވާލާފައި ވާއިރު، އޭގެތެރެއިން ގޯލާ އަމާޒުވެފައި ވަނީ އެންމެ ދެ ހަމަލާއެވެ. އަދި މީގެ އިތުރަށް، މުޅި މެޗުގައި ޖުމްލަ ނުވަ ފަހަރެއްގެ މަތިން އެޓީމުގެ ކުޅުންތެރިއަކު އޮފްސައިޑުވެގެން ކުޅުން ހުއްޓުވާފައިވެއެވެ.
ރެޑް ޑައިމަންޑްސް އަށް ބަލާއިރު، އެ ޓީމުގެ ހަމައެކަނި ގޯލަކީ ޕެނަލްޓީއަކުން ޔުސޫކޭ މަޓްސުއޯ ކާމިޔާބުކޮށްދިން ގޯލެކެވެ. ނަމަވެސް، އެ ޓީމުން ފޮނުވާލި ޖުމްލަ ހަތް ހަމަލާގެ ތެރެއިން ގޯލާ އަމާޒު ނުވެ ގޮސްފައި ވަނީ އެންމެ ހަމަލާއެކެވެ. އެހެންކަމުން އިންޓަރ މިލާންގެ މުޅި ޓީމުގެ ކުޅުން، ފުރަތަމަ މެޗަށް ވުރެ ބޮޑުތަނުން ރަނގަޅުކޮށްގެން ނޫނީ މިރޭގެ މެޗުން އެދެވޭ ނަތީޖާއެއް ނެރެވުމަކީ ދުރު ކަމެކެވެ.
މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.