ENGLISH

01 ޖުލައި 2025

Advertisement

ދެވަނަ މޮޅާއެކު ބަޔާން ގަދަ 16 އަށް، ބެންފީކާ އަތުން ބަލިވެ އޯކްލޭންޑް ކަޓައިފި

21 ޖޫން 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް

ފީފާ ކްލަބް ވޯލްޑް ކަޕްގައި އާޖެންޓީނާގެ ބޮކާ ޖޫނިއާސް 2-1 އިން ބަލިކޮށް، ޖަރުމަންގެ ބަޔާން މިއުނިކު ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، ބެންފީކާ އަތުން 6-0 އިން ބަލިވެ އޯކްލޭންޑް ސިޓީ ކަޓައިފިއެވެ.

މި ނަތީޖާއާއެކު، ގްރޫޕް ސީގެ އެއްވަނައިގައި ބަޔާން އުޅެނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އުޅޭ ބެންފީކާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ބޮކާ ޖޫނިއާސް އަށް އެއް ޕޮއިންޓާއެކު ލިބިފައިވަނީ ތިންވަނަ އެވެ. ފުލުގައި އޮތް އޯކްލޭންޑަށް ޕޮއިންޓެއް ނުލިބެއެވެ.

މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ އިނގިރޭސި ކެޕްޓަން، ހެރީ ކޭން އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ކިންގްސްލީ ކޯމަން އެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ބޮކާ ޖޫނިއާސް އަށް އެއްވަރުކޮށްދިނި އެލަން ވެލަސްކޯ ދިން ބޯޅައަކުން މިގުއެލް މެރެޓިއެލް އެވެ.

ބަޔާން އަލުން ލީޑު ނެގީ 84 ވަނަ މިނެޓުގައި ފްރާންސްގެ ވިންގް، މައިކަލް އޮލީސޭ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ކޭން އެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި، ބެންފީކާ އިން ޖެހި ހަ ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހީ އެންމެ ލަނޑެކެވެ. އަނެއް ފަސް ލަނޑުޖެހީ ފަހު ހާފުގައެވެ.

މި މެޗުގައި ބެންފީކާ އިން ޖެހި ހަ ލަނޑުގެ ތެރެއިން، އެންހެލް ޑި މާރިއާ އާއި ލެއަންޑްރޯ ބަރޭރޯ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލްޖެހިއެވެ. މީގެތެރެއިން، ޑި މާރިއާ ޖެހި ދެ ގޯލުވެސް ކާމިޔާބުކުރީ ޕެނަލްޓީންނެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ވަންޖެލިސް ޕަވްލީޑިސް އާއި ރެނާޓޯ ސަންޗޭސް އެވެ.

ކިޔުންތެރިންގެ ހިޔާލު