ENGLISH

01 ޖުލައި 2025

Advertisement

އިންޓަރސްކޫލް ކްރިކެޓް މުބާރާތުގެ ތަށި ތާޖުއްދީން އާއި ރެހެންދި ސްކޫލަށް

20 ޖޫން 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރެހެންދި ސްކޫލް ޓްރޮފީ އާއެކު. --ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރސްކޫލް ކްރިކެޓް މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީން އަދި 16 އަހަރުން ދަށުގެ އުމުރުފުރައިގެ ތަށި ރެހެންދި ސްކޫލް ހޯދައިފިއެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ގްރައުންޑްގައި ކުޅުނު 14 އަހަރުން ދަށުގެ ފައިނަލުގައި ޓޮސް ދިމާވުމުން ތާޖުއްދީން ސްކޫލް ގަސްދުކުރީ ހޮވަން އަރާށެވެ.

މުހްޔިއްދީން ސްކޫލް ކުޅެން އަރައި، ފަސް އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް 48 ލަނޑު ހެދިއެވެ. ރައްދުގައި ތާޖުއްދީން ކުޅެން އަރައި، 3.5 އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 51 ލަނޑު ހަދައި، މެޗު ކާމިޔާބުކުރީ 10 ވިކެޓުންނެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގެ ފައިނަލްގައި ރެހެންދި ސްކޫލުން ވަނީ 38 ލަނޑުގެ ތަފާތަކުން ތާޖުއްދީން ބަލިކޮށްފައެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ރެހެންދި ސްކޫލް ވަނީ 10 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 122 ލަނޑު ހަދައިފައެވެ. ރައްދުގައި ކުޅެން އަރައި، 10 އޯވަރުގެ ތެރޭގައި ތާޖުއްދީންގެ ހަ ކުޅުންތެރިން ނުބައިވީ 84 ލަނޑަށެވެ.

ކިޔުންތެރިންގެ ހިޔާލު