ENGLISH

02 ޖުލައި 2025

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕް: ގްރޫޕް ޑީގެ ގަދަހިފުން މިރޭ

20 ޖޫން 2025

|

އިސްމާއީލް ރާތިއު

އެލްއޭ އެފްސީ ކޮޅަށް ލަނޑު ޖެހުމަށްފަހު، ޗެލްސީ ކުޅުންތެރިން އުފާފާޅު ކުރަނީ-- ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕުގެ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދާނެ ޓީމު ޔަގީންކުރުމަށް މުހިންމު މެޗެއް، މިރޭ ކުޅޭނެއެވެ.

މި މެޗުގައި ރާއްޖެ ގަޑިން މިރޭ 11:00 ގައި ބައްދަލުކުރާނީ، އިނގިޭސިވިލާތުގެ ޗެލްސީ އާއި ބްރެޒިލްގެ ފްލެމިންގޯއެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުތައް ވެސް ވަނީ 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. އެގޮތުން، ޗެލްސީ، އެމެރިކާގެ ލޮސް އޭންޖެލިސް އަތުން މޮޅުވިއިރު، ފްލަމެންގޯ މޮޅުވީ ޓިއުނީޝިއާގެ އެސްޕެރަންސް އަތުންނެވެ. އެހެންކަމުން މި ދެ ޓީމު އޮތީ ހުރިހާ ގޮތަކުން ވެސް އެއްވަރުވެފައެވެ.

މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ޖުމްލަ ހަ ޕޮއިންޓުގެ އިތުރުން ފައިދާ ލަނޑުންވެސް ކުރިލިބޭނެ އެވެ. އެހެންކަމުން ގްރޫޕްގެ ފަހު މެޗުންވެސް މޮޅުވެއްޖެ ނަމަ، މިރޭގެ މެޗުން މޮޅުވާ ޓީމު، ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދާނެއެވެ. 

މި މެޗުގެ ފޭވަރިޓުންނަކީ ޗެލްސީ ކަމުގައިވީ ނަމަވެސް، ފްލަމެންގޯއަކީ ވެސް ބަލިކުރަން ފަސޭހަވާނެ ޓީމެއް ނޫނެވެ. ފްލަމެންގޯގެ ކުޅުންތެރިންނަށް ބަލާއިރު، ބްރެޒިލްގެ ފޯވާޑް، ޕެޑްރޯ ވަނީ އެ ޓީމު ބްރެޒިލް ލީގުގައި މިއަހަރު ކުޅުނު އަށް މެޗުގައި ހަތަރު ލަނޑު ޖަހާ، ދެ ލަނޑު ޖަހަން އެހީވެފައެވެ. އަދި މިދިޔަ އަހަރު ކުޅުނު 21 މެޗުގައި 11 ލަނޑު ޖަހާ، ފަސް ލަނޑު ޖަހަން އެހީވެފައެވެ. 

ނަމަވެސް ފްލަމެންގޯއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށް ވާނީ، ޗެލްސީގެ އިތުރުން އިނގިރޭސިވިލާތުގެ އާސަނަލް އަށްވެސް ކުޅެފައިވާ އިޓަލީވިލާތުގެ ޑިފެންސިވް މިޑްފީލްޑަރު، ޖޯޖީނިއޯއެވެ. މިދިޔަ މަހު، ހިލޭ ޓްރާންސްފަރއެއްގައި ފްލަމެންގޯއާ ގުޅުނު ޖޯޖީނިއޯ އަކީ މެޗުގެ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ކުޅުންތެރިއެކެވެ. ހިލޭޖެހުންތަކާއި ދުރުން ފޮނުވާލާ ބޯޅަތައް، އިތުބާރާއެކު ފޮނުވާލާ، ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެއް ވެސް މެއެވެ.

ޗެލްސީ ޓީމަށް ބަލާއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ލަނޑުތައް ކާމިޔާބުކުރި ނެޓޯ އަދި އެންޒޯ ފަރނަންޑޭޒް، މި މެޗުގައި ވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. އަދި، ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހުނު ކަމުގައިވީ ނަމަވެސް، ނެޓޯއަށް ލަނޑު ޖަހަން އެހީވެދިން ނިކޮލަސް ޖެކްސަން ވެސް މި މެޗުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު