ENGLISH
09 މޭ 2025
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ފަސް ވަނަ އެޕިސޯޑްގައި ރައީސް ވާހަކަ ދައްކަވަނީ
08 މޭ 2025
|
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ފަސް ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވާހަކަ ދައްކަވަމުން ވަނީ މުހިންމު ހަތަރު ދާއިރާއަކަަށް އަލިއަޅުވާލައްވާފައި. އެއީ ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ "ދިވެހިރާއްޖެ 2.0" އާއި ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަމާއި އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައިގެ އިތުރުން އުތުރު ތިލަފަޅުގައި ގާއިމްކުރާ ސެންޓްރަލް ޕްރިޒަންގެ މައްސަލަ އަށް.