ENGLISH
28 ޖުލައި 2026
ދިއްގަރުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް
28 ޖުލައި 2026
|
ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓްގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މ. ދިއްގަރުގައި ސަރުކާރުން އަޅާ 75 ހައުސިން ޔުނިޓްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ދެވަނަ ޔުނިޓުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި ހަދާނެއެވެ. އަދި މީގެ އިތުރުން 1000 އަކަފޫޓުގެ ސަރަޙައްދެއްގައި 3 ފަންގިފިލާގެ 75 ފުލެޓް އިމާރާތް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
މި މަޝްރޫޢަކީ 117.97 މިލިއަން ރުފިޔާއަށް 420 ދުވަސް ތެރޭގައި ނިންމުމަށް މި ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި މަސައްކަތް ނިމުމުން ދިއްގަރުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، އާއިލާތަކަށް ތަނަވަސް އަދި ހިތްފަސޭހަ މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބޭނެއެވެ.
މި މަސައްކަތުގެ ތެރެއިން ކުޑަކުދިންގެ ޕާކެއް ހެދުމާއި، ހިތްފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެމްޓީސީސީއިން ވަނީ ވޭތުވެދިޔަ 43 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢު ތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ.