ENGLISH
28 ޖުލައި 2026
ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށް
28 ޖުލައި 2026
|
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ؛ އެމްއޭސީއެލް.
އެންމެ މަޤްބޫލު
އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށް އަރައިފިއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،198،343 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން 17.2 އިންސައްތަ ހިއްސާކުރަނީ ޗައިިނާ ފަތުރުވެރިންނެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް 201،739 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ރާއްޖެ ޒިޔާރަތްކުރި 174،658 ފަތުރުވެރިންނަށްވުރެ 15.5 އިންސައްތަ އިތުރު އަދަދެކެވެ.
ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާ މާކެޓުގެ ދެ ވަނައިގައި އޮތީ 170،887 ފަތުރުވެރިންނާއެކުގައެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 94،139 ފަތުރުވެރިންނެވެ.
ރާއްޖެއަށް ފަތުރުވެރިން އެތެރެވި މަގުތަކަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 1،168،608 ފަތުރުވެރިން އެތެރެވިއިރު، ގަން އިންޓަރނޭޝަނަލް އެއާޕޯޓުން 4،411 ފަތުރުވެރިން ރާއްޖެއަށް ވަނީ އެތެރެވެފައެވެ. މީގެ އިތުރުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެތެރެވި ބަނދަރެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އަންނަނީ ހަރުދަނާކަމާއެކު ކުރިއެރުންތައް ހޯދަމުންނެވެ.