ENGLISH
28 ޖުލައި 2026
އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު
28 ޖުލައި 2026
|
މާލެއަށް އުދަ އެރުން - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެންމެ މަޤްބޫލު
މިއަދު ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
ކުރއިަށް އޮތް 24 ގަަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރާއިރު އެހެން ހިސާބުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައިކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، އުދަ އަރާ ގަޑިތަކުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިއަދާއި މާދަމާ ރާއްޖޭގެ ގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ރޭ ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މާދަމާ ނޫން އަނެއް ދުވަހަކީ ހަނދު އެންމެ ބޮޑުކޮށް ހުންނާނެ ދުވަސް ކަމަށްވާތީ، އެ ދުވަހު ރާޅު ބޮޑުވާނެ ކަމަށް ބެލެވޭތީ މާލެއަށް މާދަމާ އާއި އޭގެ އަނެއް ދުވަހުވެސް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކޮށް، ރައްޔިތުންގެ ސަމާލުކަމަށް އެކަން ވަނީ ގެނެސްފައެވެ.