ENGLISH

23 ޖުލައި 2026

Advertisement

ރާއްޖޭގެ ފުރަތަމަ ގްލޮކޯމާ ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް އައިކެއަރ އާއި ގުޅިއްޖެ

23 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ގްލޮކޯމާ ބައްޔަށް ހާއްސަ ފުރަތަމަ ދިވެހި ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް އަދުނާން އިސްމާއިލް - ފޮޓޯ: އައިކެއަރ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ހިދުމަތް ދެމުން އަންނަ އައިކެއަރ ހޮސްޕިޓަލަށް، ގްލޮކޯމާ ބައްޔަށް ހާއްސަ ފުރަތަމަ ދިވެހި ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް އަދުނާން އިސްމާއިލް ގުޅިވަޑައިގެންފިއެވެ.

ޑރ. އަލްމާސް އައިކެއަރއާ ގުޅިވަޑައިގެންފައިވަނީ ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓެއްގެ ގޮތުގައެވެ. ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ވިޝަން އައި ހޮސްޕިޓަލުން ގްލޮކޯމާގެ ރޮނގުން ފެލޯޝިޕް ފުރިހަމަކުރައްވާފައިވާ ޑރ. އަލްމާސް ވަނީ 'މިނިމަލީ އިންވޭސިވް ގްލޮކޯމާ ސާޖަރީ' އަދި 'ފެކޯއެމަލްސިފިކޭޝަން' ގެ ދާއިރާއިން ކުރިއަރާފައިވާ ތަމްރީނުތައް ފުރިހަމަކޮށް، އިންޓަނޭޝަނަލް ކައުންސިލް އޮފް އޮފްތަލްމޮލޮޖީ އިމްތިހާނުގެ ދެ ބައިވެސް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ލޮލުގެ ބަލިތަކާބެހޭ ކޮންފަރެންސްތަކުގައި މިހާރުވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ. ޑރ. އަލްމާސް ބައްލަވާނީ އައިކެއަރ ހޮސްޕިޓަލުގެ ހުޅުމާލެ އެނެކްސްގައެވެ. 

ގްލޮކޯމާއަކީ ދުނިޔޭގެ ނިސްބަތުންވެސް މީހުންގެ ފެނުން ދާއިމީކޮށް ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. "ހިމޭން ދުޝްމަނު" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބައްޔަކީ، އެއްވެސް އަލާމާތެއް ނުފެނި މަޑުމަޑުން ފެނުން ދަށްވަމުން ގޮސް، ބޮޑުބައެއް ގެއްލޭއިރު ވެސް ނޭނގި އޮވެދާނެ ބައްޔެކެވެ. އެހެންކަމުން ބަލި އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަކީ ފެނުން ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ޑރ. އަލްމާސް އަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އައިކެއަރ ހޮސްޕިޓަލުގެ ވެބްސައިޓް https://eyecarehospital.mv/  މެދުވެރިކޮށް ނުވަތަ 7201026 އަށް ވަޓްސްއަޕް ނުވަތަ ވައިބަރ މެދުވެރިކޮށް އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ ކަމަށް އައިކެއަރއިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު