ENGLISH
22 ޖުލައި 2026
މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި
22 ޖުލައި 2026
|
މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކޮށްފައިވާ ސަރަޙައްދު - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ފަރުމާކުރުމާއި، އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން މާއުނގޫދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 450 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާފައިވާކަމަށް އެމް.ޓީ.ސީ.ސީ އިން މަޢުލޫމާތު ދެއެވެ. ޖުމްލަ 93.14 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރެވުނު މަސައްކަތެކެވެ.
މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކޮށްފައިވާ ސަރަޙައްދު - ފޮޓޯ: އެމްޓީސީސީ
މާއުނގޫދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ރަށްގިރުމުގެ މައްސަލައަކީ 1997 ވަނަ އަހަރުން ފެށިގެން އެ ރަށަށް ކުރިމަތިވަމުން އަންނަ ބޮޑު ގޮންޖެހުމެކެވެ. ކޮންމެ އަހަރަކުވެސް ރަށުގެ ބޮޑު ސަރަހައްދެއް ގިރަމުންދާތީ، އެކަމަށް ދާއިމީ ޙައްލެއް ހޯދުމަށް މީގެ ކުރީގެ ސަރުކާރުތަކުގައި އެދިފައިވީ ނަމަވެސް، އެދެވޭ ނަތީޖާއެއް ފެނިފައި ނުވާކަން އޭނާ ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އިސްނަގައިގެން މި މަޝްރޫޢު ނިންމައިދިނުމަކީ ރަށުގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.