ENGLISH
22 ޖުލައި 2026
ލޯންޗެއްގައި ރޯވެ ދެ މީހަކަށް އަނިޔާވެއްޖެ
22 ޖުލައި 2026
|
ހދ. ހަނިމާދޫ. ފޮޓޯ؛ ވޮއިސް.
އެންމެ މަޤްބޫލު
ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ރޭ ދަންވަރު 00:20 އެހައިކަންހާއިރުކަމަށެވެ.
މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.
މި ހާދިސާގައި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.